ނަޝީދު ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވައިފި

ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރައްވައި، ބޮޑުވަޒީރު ސަރުކާރު ހިންގާ ގޮތަށް، އަދި ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް ހުންނަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވައިފިއެވެ.

ނަޝީދު އެ އިސްލާހު ހުށަހަޅުއްވާ ގޮތަށް އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައެވެ.

އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގައި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސްކަން ކަނޑައަޅައި، ލިބިވަޑައިގަންނަވާނެ ބާރުތައް ވަނީ ތަފްސީލް

ކުރައްވައިފައެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ރައީސަށް ލިބިދޭ ބައެއް ބާރުތަކަކީ:

އެ އިސްލާހުގައިވާ ގޮތުން، ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ. އެ އަދަދަށް އެއްވެސް ޕާޓީއަކުން ގޮނޑި ކާމިޔާބު ނުކުރެވިއްޖެ ނަމަ، މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ އިސްލާހުގައި ފަހިކޮށްދީފައިވެއެވެ.

އެހެންކަމުން، ބޮޑުވަޒީރު ކަމަށް އައްޔަނުކުރާނީ އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ.

Next: ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުން: ނަޝީދު