ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

ހުރިހާ ކުދިންނަށް ނާސްތާ ނުދީ ހަމަ އެކަނި އެކަމަށް ބޭނުން ޖެހިފައިވާ ކުދިންނަށް ނާސްތާ ދޭން ސަރުކާރުން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ނާސްތާ ޕްރޮގުރާމުން ހިނގާ އިސްރާފު ނިމުމަކަށް ގެނެސް އެ ޕްރޮގުރާމަކީ ބޭނުންޖެހިފައިވާ ކުދިންނަށް ޚާއްޞާ ޕްރޮގުރާމަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

“މީގަ ވޭސްޓް އާއި ޚަރަދާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު ބަދަލެއް އެބަ ގެންނަން. އެއީ ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެންދާނީ ނީޑް ބޭސްޑް ޕްރޮގްރާމް އަކަށް”

މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ ކުއްޖަކަށްވެސް ސުކޫލުން ހެނދުނުގެ ނާސްތާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ވައުދެކެވެ. އެކަން މެދުކެނޑިގެން ދިޔައީ ކޮވިޑް ގެ ބަލިމަޑުކަން ފެތުރުމާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

Next: ހުޅުދޫ ނިއުލައިން ބޯޓް ފަރަށް އަރައިފި