ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް

އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

ބޮޑު ތަފާތަކުން ޕީޕީައެމްގެ ނަޒީހާ މި ގޮނޑި ކާމިޔާބު ކުރިއިރު ޕީޕިއެމް އަށް މީގެ ކުރިން ހިތަދޫގެ ގޮނޑިއެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާތިމަތު ނާޒީހާ އަހުމަދެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އާމިނަތު ޝާހިދާ އެވެ.

ނަޒީހާއަށް ޖުމްލަ 567 ވޯޓު ލިބިފައިވާއިރު އެމްޑީޕީ ކެނޑިޑޭޓަށް ލިބިފައިވަނީ 426 ވޯޓެވެ

Next: ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި