މައިލޯސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑުޖަހައިގެން ފައިނަލަށް ދަތުރުކޮށްފި

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހިތަދޫ މައިލޯ ސިޓީން މީދޫ ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑު ޖަހައިގެން ފައިނަލުން ޖާގަ ހޯދައިފިއެވެ.   

މިއަދު ހަވީރު ހުޅުދޫ ޓާފް ދަނޑުގައި ކުޅެވުނު މިމެޗްގައި  މައިލޯ ސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް  12 ލަނޑު ޖަހާފައިވާއިރު އެޓީމު މިމުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ގިނަ އަދަދެއްގެ ގޯލް ޖަހާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

 މިގޮތުން މިމުބާރާތް ފެށުމުގެ ގޮތުން  ކުޅެވުނު މެޗްގައި ހުޅުދޫ ޖިއޯވެންޓް ކޮޅަށް އެޓީމުން  11 ލަނޑު ޖަހާފައިވާއިރު އެޓީމު ކުޅުނު ދެވަނަ މެޗްގައިވެސް ހުޅުދޫ ޔޫތު ކޮޅަށް ވަނީ 11 ލަނޑު ޖަހާފައެވެ.

މިއަދުގެ މެޗުން 12 ލަނޑު 0 ލަނޑުން މައިލޯ ސިޓީ ކާމިޔާބުކޮށްފައިވާއިރު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ ޓީމުގެ މުހައްމަދު ރަފާހު އަބްދުﷲއެވެ.

މިމުބާރާތުގެ ފައިނަލް މެޗްގެ ކުޅުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ފައިނަލްގައި މައިލޯސިޓީއާއި ބައްދަލުކުރާނީ ކްލަބް ލޮތާރިއެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

Next: މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި