މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

Skin infected Herpes zoster virus on the arms

މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަކުނު ވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ސިއްޚީ ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މިވަނީ، މަކުނު ވިދުރިއާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެ ޖަމިއްޔާއިން ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ނެރުނީ ކޭސްތައް އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ޑަބްލިއުއެޗްއޯއިން ނެރޭ އެންމެ މަތީ އެލާޓެވެ. މިގޮތަށް ނިންމާފައިވަނީ، މަކުނު ވިދުރިއާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ދެވަނަ ބައްދަލުވުމުންނެވެ.

މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މަކުނު ވިދުރީގެ 16،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވި އެވެ

Next: ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް