އިންސްޓަގްރާމް އަށް ފޮޓޯ ލާ ކޮންމެ މޮޑެލް އަކަށް 60،000 ޕައުންޑް

ފެޝަންގެ ދުނިޔޭގައި މަސައްކަތްކުރާ މީހުން އިންސްޓަގްރާމް އަށް ލާ ކޮންމެ ފޮޓޯ އަކަށް 60،000 ޕައުންޑް ލިބޭކަމަށް ހޯދުންތަކުން ދައްކައިފިއެވެ.

މަޝްހޫރު މެގަޒިން ‘ވޯގް’ އިން ކުރި ސާވޭ އެއް ދައްކާގޮތުން ފެޝަން ބްލޮގަރުންނަށް މަހެއްގެ މައްޗަށް 50،000 ފައުންޑަށް އަށް ވުރެ ގިނައިން އާމްދަނީއެއްގެ ގޮތުގައި ލިބެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 3 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން އިންސްޓަގްރާމްގައި ބޮޑަށް މަޝްހޫރު މީހުންނަށް އެއަށް ވުރެ ގިނައިން ލިބޭ ކަމަށް ދައްކައެވެ.

ސޯޝަލް މީޑިއާ މިދަނީ ފެޝަންގެ ދުނިޔޭގައި ދުވަހެއް ދުވަހަކަށް ބާރު ގަދަވަމުންނެވެ.

ފެޝަން ބްރޭންޑެއްގައި މަސައްކަތް ކުރާ ފަރާތެއް ބުނި ގޮތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަވަސް ވަގުތުކޮޅެއްގެ ތެރޭގައި އެހެން މީހުނަށް ފެޝަންގެ މަސައްކަތް ދައްކާލެވޭނެއެވެ. ނަމަވެސް މެގަޒިން ނަމަ އޭގެ އަސަރު ފެންނާނީ ހުރިހާ މެގަޒިންތަކެއް ވިކި ހުސްވީމަ ކަމަށް އޭނާ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް މިހާރުގެ މޮޑެލުން މިދަނީ އެކި ގޮތްގޮތަށް ފައިސާ ހޯދަމުންނެވެ. އޭގެ ތެރެއިން ވެސް މިހާރު އެންމެ މަގުބޫލުކަމެއް ހޯދާފައި ވަނީ އިންސްޓްގްރާމް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކެވެ.

Next: އާމާލް ކްލޫނީ ބޭނުންވަނީ ވޯގް މެގަޒިންގެ ކަވަރަށް އަރަން