އިނގެރޭސި ހިއުމަންރައިޓްސް ލޯޔަރު އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ އަންހެނުން މިހާރު އެންމެ ބޭނުންވާ ކަމަކީ ވޯގް މެގަޒިންގެ ކަވަރަށް އެރުން ކަމަށް އޭނާ އާއި ގާތްފަރާތަކުން ބުނެފިއެވެ.
ސްޓައިލް މެގަޒިންއަށް ދިން އިންޓަރވިއުއެއްގައި މި މީހާ ބުނެފައިވަނީ ވޯގް މެގަޒިންގެ ކަވަރުގައި ފީޗަރ ވުމަކީ އާމާލް އޭނާގެ ދިރިއުޅުމުގައި ހާޞިލްކުރަން ބޭނުންވާ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ.
“އާމާލްގެ އެންމެ ބޮޑު އެއް ހުވަފެނަކީ ވޯގް މެގަޒިންގެ ކަވަރުގައި ފީޗަރވުން. އާމާލް ދެކޭގޮތުގަ އޭނާއަކީ ދުނިޔޭގެ އެންމެ ގްލެމަރަސް ލޯޔަރު. އާމާލް އަކީ ފެޝަން އާ މަޝްޙޫރުކަމާހެދި މޮޔަވެފަ ހުންނަ މީހެއް. ކުއްލިއަކަށް ވިޔަފާރި ކުރަން ހިތައް އަރައިގެން އެންމެ އަގުބޮޑު ފިހާރަތަކާ ބުޓީކްތަކަށްގޮސް ވިއްސަކަށް ހާސް ޑޮލަރު ޚަރަދުކޮށްލުން އެއީ އޭނާ އާންމުކޮށް ކުރާކަމެއް” 37 އަހަރުގެ އާމާލް އާއިއެކު މަސައްކަތް ކުރާ ފަރާތަކުން ސްޓައިލް މެގަޒިންއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.
ދާދިފަހުން އާމާލް އާއި އާމާލްގެ ފިރިމީހާ ޖޯޖް ކްލޫނީގެ ގާތް އެކުވެރިޔާ އަދި ވޯގް މެގަޒިންގެ އެޑިޓަރ، އެނާ ވިންޓުއަރ އެކުގައި ނިއުޔޯކުގެ ކްލަބެއްގައި އުޅެނިކޮށް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.