ބ. މާޅޮހުން ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބ.މާޅޮހުން ފީނަން ފައިބައިގެން އުޅުނު ޒުވާނެއްގެ ހިތާ ދިމާއިން މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ.އަތޮޅު ހޮސްޕިޓަލަށް ބުދަދުވަހުގެ ހަވީރު 16:10 އެހާކަށްހާއިރު ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.
އެހެންނަމަވެސް 33 އަހަރުގެ އެ ޒުވާނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.