އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެއެވެ.
ފަޔާ ނިޔާވެފައިވަނީ ރަސްމީ މަސައްކަތެއްގައި ހއ. ހޯރަފުށީގައި ހުންނަވަނިކޮށެވެ. ފަޔާ އަކީ އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ފަޔާ ނިޔާވި ޚަބަރާއިއެކު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ މިހިތާމާގައި ބައިވެރިވެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް ދުޢާކުރައްވާފައެވެ.
މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.