މީދުން އިތުރު 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 6 މީހުންނަކީ ކުރީން މީދުން ޕޮޒިޓިވް ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓު ވެގެން ހޯމްކަރަންޓިނުގައި ތިބި 6 މީހުންނެވެ.

މިއަދު މީދުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަހަރު ނުވާ ކުޑަ ކުއްޖަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތޭގައި 2 ސްކޫލް ކުދީންވެސް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަދު ޕޮޒިޓިވްވި 6 މީހުންނާއެކު މިހާރު މީދޫގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 19 ކޭސް ހިމެނެއެވެ.

މައުލޫމާތު: މީދޫ އަވަށު އޮފީސް
Next: އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ