މެއި މަހު އައްޑޫ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަށްލައްކަ ރުފިޔާގެ އެހީ

މިދިޔަ މެއި މަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފައިވާގޮތުން މެއި މަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރާއިގައި ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން އެހީގެ ގޮތުގައި 839،059 ރުފިޔާގެ އެހީ، ގެއްލުން ލިބުނު ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑު ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ ކަމަށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ކުރި ވިއްސާރާގައި އައްޑޫ އެ ސިޓީގެ 300 އަށްވުރެ ގިނަ ގެއަކަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ވިއްސާރާގައި މާލެ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

Next: އަފްގާނިސްތާން ޖަލުގައި ތިބި ދިވެހިން މިނިވަން ވެއްޖެ