މެއި މަހު އައްޑޫ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަށްލައްކަ ރުފިޔާގެ އެހީ

މިދިޔަ މެއި މަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފައިވާގޮތުން މެއި މަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރާއިގައި ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން އެހީގެ ގޮތުގައި 839،059 ރުފިޔާގެ އެހީ، ގެއްލުން ލިބުނު ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑު ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ ކަމަށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ކުރި ވިއްސާރާގައި އައްޑޫ އެ ސިޓީގެ 300 އަށްވުރެ ގިނަ ގެއަކަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ވިއްސާރާގައި މާލެ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެމީ ފައިނަލުގައި ޖިއޯވެންޓާއި ލޮތާރި ބައްދަލުކުރާ ވަރުގަދަ ކުރިމަތިލުން މިއަދު ހަވީރު

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީގައި ހުޅުދޫ  ޖިއޯވެންޓާއި މީދޫ ލޮތާރި ބައްދަލުކޮށް ކުޅެވޭ ސެމީފައިނަލްގެ ...

މިއަދު މީދޫގައި ހުކުރު ކުރާ މިސްކިތްތަކާއި އެމިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 10 އެޕްރީލް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ...