އަފްގާނިސްތާން ޖަލުގައި ތިބި ދިވެހިން މިނިވަން ވެއްޖެ

އަފްގާޣާނިސްތާނުގެ ޖަލުގައި ގައިދީން ގެ ގޮތުގައި ތިބި ދިވެހި އާއިލާ މިނިވަންވެއްޖެއެވެ.

އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ ކުރީގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެމީހުންގެ ހަތަރު ކުދިންނެވެ.

އެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ ޝާފިއު މިނިވަންވީ އަފްގާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ޝާފިއު އަފްގާނިސްތާނަށް ގޮސްފައިވަނީ 2018 ވަނަ އަހަރުގައެވެ. އޭނާ އެގައުމަށް ގޮސްފައިވަނީ އާއިލާއާއި އެކީ ޓުއާއަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިވެހި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްގާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ހުރައިސާން ޕްރޮވިންސާ ގުޅުމަށް ކަމަށާ އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Next: މީދުން އިތުރު 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ