ޕީސީއާރާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށުގެ ލިސްޓު އެ އެޖެންސީން އާންމުކޮށްފި އެވެ

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު, މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދަ ފުރަތަމަ ދިނީ 14 ދުވަހަށް ކަރަންޓީނުވާ ގޮތަށެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ކަރަންޓީނަށް ލުއިދީ, ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓިނުވުމެއް ނެތި, މާލެއިން ރަށްރަށަށް ދެވޭ ގޮތް ހެދި އެވެ.

އެޗްޕީއޭ އިން މިހާރު ކަނޑައަޅާފައި އޮތީ, ވެކްސިން ޖެހުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްތަކަށް ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތަށް ދަތުރު ކުރެވޭނީ މިއަދުން ފެށިގެންނެވެ.

އެގޮތުން އެ މިންގަނޑަށް ފެތޭ 28 ރަށެއް އެޗްޕީއޭ އިން މިރޭ ވަނީ އާންމުކޮށްފަ އެވެ. މި ރަށްތަކަކީ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން އަދި 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކެވެ.

އަދި އެ ރަށްތަކުގެ ތެރެއިން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ވަނީ ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސްވެފަ އެވެ.

ޕީސީއާރާ ނުލައި ދަތުރު ކުރެވޭނެ ރަށްތައް

Next: މެއި މަހު އައްޑޫ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަށްލައްކަ ރުފިޔާގެ އެހީ