މީދުން އިތުރު 4 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 4 މީހުންނަކީ ކުރީން މީދުން ޕޮޒިޓިވް ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓު ވެގެން ހޯމްކަރަންޓިނުގައި ތިބި 4 މީހުންނެވެ.

މިއަދު މީދުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން  18 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. މި 18 މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫފޭދުން 1 ، ހިތަދުން ޕޮޒިޓިވްވި 6 މީހުން މަރަދުން ޕޮޒިޓިވްވި 8 މީހުން  އަދި  ފޭދުން 3 މީހުންނެވެ.

އައްޑޫސިޓީގައި ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ ހުޅުމީދޫގައި ކޮވިޑް 19 ގެ ބަލި ފެތުރިފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް އިއްޔެ ހުޅުދޫއާއި މީދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. އިއްޔެ ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތުދީފައިވެއެވެ.

 ހުޅުމީދޫ ސިއްހީ މަރުކަޒުގެ ފަރާތުން ރެންޑަމް ސާމްޕަލް ނެގުމަށް ރަށުތެރޭގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ސާމްޕަލް ދިނުމަށް ގިނަފަރާތްތަކަކުން ބޭނުން ނުވާކަމަށް ސާމްޕަލް ނެގުމުގެ މަސައްކަތަކުގައި ހަރަކާތްތެރިވަމުންދާ ސިއްހީމަރުކަޒުގެ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ. 

Next: ޕީސީއާރާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި