ކޮވިޑް 19 އަށް މީދުން  އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 4 މީހުންނަކީ ކުރީން މީދުން ޕޮޒިޓިވް ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓު ވެގެން ހޯމްކަރަންޓިނުގައި ތިބި 4 މީހުންނެވެ.

މިއަދު މީދުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން  18 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. މި 18 މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫފޭދުން 1 ، ހިތަދުން ޕޮޒިޓިވްވި 6 މީހުން މަރަދުން ޕޮޒިޓިވްވި 8 މީހުން  އަދި  ފޭދުން 3 މީހުންނެވެ.

އައްޑޫސިޓީގައި ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ ހުޅުމީދޫގައި ކޮވިޑް 19 ގެ ބަލި ފެތުރިފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް އިއްޔެ ހުޅުދޫއާއި މީދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. އިއްޔެ ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތުދީފައިވެއެވެ.

 ހުޅުމީދޫ ސިއްހީ މަރުކަޒުގެ ފަރާތުން ރެންޑަމް ސާމްޕަލް ނެގުމަށް ރަށުތެރޭގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ސާމްޕަލް ދިނުމަށް ގިނަފަރާތްތަކަކުން ބޭނުން ނުވާކަމަށް ސާމްޕަލް ނެގުމުގެ މަސައްކަތަކުގައި ހަރަކާތްތެރިވަމުންދާ ސިއްހީމަރުކަޒުގެ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ. 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގިކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ...

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވުމުން ސިފައިން އެހީތެރިވެއްޖެ

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އައްޑޫ އަތޮޅާ ...

ކަންނެލި މަސްވެރިކަން ދެކުނުގެ އަތޮޅުތަކުގައި ފަށައި އެކްސްޕޯޓު ބާޒާރަށް ނެރުން

ާއްޖޭގެ “ރަންބިސް އަޅާ ކުކުޅަށް” ސާޅީހަކަށް އަހަރު ފަހުން މިވަނީ “ކޮރޯނާ ވައިރަސް” ނުވަތަ ކޮވިޑް-19 ޖެހި އިންޓެންސިވް ...