ކޮވިޑް 19 އަށް މީދުން އިތުރު 5މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މީދުން މިއަދު ޕޮޒިޓިވްވެފައިވާ 5 މީހުންގެ ތެރެއިން 4 މީހުންނަކީ ކުރީން ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. ދެން ޕޮޒިޓިވްވި މީހާއަކީ ރަށުތެރެއިން ނެގުނު ރެމްޑަމް ސާމްޕަލް ތަކުގެ ތެރެއިން ޕޮޒިޓިވްވި މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން މީދޫގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 9 ކޭސް ހިމެނެއެވެ.
މީދުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކޮންޓެކްޓްވެގެން މިއަދު މެންދުރާ 14:00 އާއި ހަމައަށް 14 ގެއެއް ވަނީ ކަރަންޓީން ކުރެވިފައެވެ.
.