މީދުން އިތުރު 3 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 3 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވެފައިވަނީ ދޮށީ އުމުރުގެ މީހަކާ ކުޑަދެކުދީންނެވެ. ކުޑަދެކުދީންނަކީ އިއްޔެ މީދުން ޕޮޒިޓިވްވި މީހާއި ކޮންޓެކްޓްވެފައިވާ ދެކުދީނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.  އަދި މިދެ ކުދީންނަކީ އަތޮޅުމަދަރުސާގެ ދެދަރިވަރުންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އައްޑޫސިޓީގައި ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ ހުޅުމީދޫގައި ކޮވިޑް 19 ގެ ބަލި ފެތުރިފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ ފަރާތުން ރެންޑަމް ސާމްޕަލް ނެގުމަށް ރަށުތެރޭގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ސާމްޕަލް ދިނުމަށް ގިނަފަރާތްތަކަކުން ބޭނުން ނުވާކަމަށް ސާމްޕަލް ނެގުމުގެ މަސައްކަތަކުގައި ހަރަކާތްތެރިވަމުންދާ ސިއްހީމަރުކަޒުގެ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.  

 

Next: އައްޑޫ ސިޓީން އިތުރު 31 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ