އައްޑޫ ސިޓީން އިތުރު 31 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 31 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކުން ހޯމަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް ޓެސްޓްކުރުމަށް ނެގުނު 249 ސާމްޕަލްގެ ތެރެއިން  31 މީހުންގެ ސާމްޕަލް ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.  

މި31 މީހުންގެ ތެރެއިން މަރަދުން 17 މީހުން ޕޮޒިޓިވް ވެފައިވާއިރު ހިތަދުން ޕޮޒިޓިވްވެފައިވަނީ 4 މީހުންނެވެ. އަދި ފޭދުން ދެމީހަކާއި  މަރަދޫފޭދު 5 މީހަކު ޕޮޒިޓިވްވެފައިވާއިރު މީދުން ޕޮޒިޓިބްވެފައިވަނީ 3 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 26 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 1 މީހަކާއި  ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނާއި ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 2 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  95 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  28 މީހުންނެވެ .  ހިތަދޫގައި 38 މީހުން ތިބިއިރު  ފޭދޫގައި ތިބީ 22 މީހުންނެވެ. އަދި މީދޫގައި ވަނީ 4 މީހެކެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 167 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 878 މީހުންގެ ތެރެއިން 686 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިއުމާގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށް މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދެމުންދަނީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުންކަމަށެވެ.

Next: އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ