މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މީދޫގެ މިސްކިތްތަކުގައި ހުކުރު ނުކުރާތާ 6 ހުކުރު ފާއިތުވެގެން ދިއުމަށްފަހު މިއަދު މީދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް 19 އާއި ގުޅިގެން 13 މެއި 2021 ( 01 ޝައްވާލް ) ވަނަ ދުވަހުން ފެށިގެން ހުޅުމީދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާނު ކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އެންގުމާއި ގުޅިގެން އެދުވަހުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލާފައިވާތީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވެއެވެ.

 އެހެންނަމަވެސް 19 ޖޫން 2021 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާގުޅިގެން  36 ދުވަސް ފަހުން ހުޅުމީދޫ މިސްކިތްތަކުގައި ނަމާދު ކުރަންވަނީ ފަށާފައެވެ.

މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުއްދަ ލިބުމާއި ގުޅިގެން މިއަދު ( 25 ޖޫން 2021  ވަނަ ދުވަހު ) މީދޫގެ މިސްކިތްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި މިކުރެވެނީ ޖަމާއަތުގައި ހުކުރު ނުކުރާތާ 36 ދުވަސް ފަހުނެނެވެ.

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ތިރީގައި ދަންނަވާފައި އެވަނީއެވެ.

# މަސްޖިދުލް އިބްރާހިމް މަޖުދުއްދީން

#   މާމިސްކިތް ( ހުކުރު މިސްކިތް )

#   މަސްޖިދުއް ތަޒުކިރާ

#  މަސްޖިދުއް ޝޭޚުއަލީ

Next: މަރަދޫފޭދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަައެއް ބަލަނީ