މަރަދޫފޭދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަައެއް ބަލަނީ

ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލައެއް ތަޙްޤީޤކުރަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދެއްވުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިނުވާކަމަށް ބުނާ މައްސަލައިގައި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤު ކުރުމަށް ނިންމާފައިވާކަމަށެވެ.

މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ޖޭއެސްސީން ދަނީ އެކޮމިޝަނަށް ހުށަހެޅެ މިފަދަ މައްސަލަތައް ތަހުގީގް ކުރަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއް މެޖިސްޓްރޭޓުން މަޤާމުން ވަކިކޮށް، އަދި ބައެއް އަދަބުތައްވެސް ދީފައިވެއވެެ.

Next: އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން، ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި