އައްޑޫސިޓީ: ކޮވިޑްގެ ގައިޑްލައިނާ ޚިލާފްވެގެން ގިނައަދަދެއްގެ ބަޔަކު ޖުރުމަނާކޮށްފި

advertisement

ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން އައްޑޫސިޓީގައި  އަޅާފައިވާ ފިވަޅުތަކާއި   ހިލާފުވެގެން އައްޑޫ ސިޓީން ގިނައަދަދެއްގެ ބަޔަކު  ޖޫރިމަނާކޮށްފައިވާ ކަމަށް، އައްޑޫ ސިޓީ ޕޮލިސް އިން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ޕޮލިސްއިން މިކަން ހާމަކޮށްފައިވަނީ ރޭ  އައްޑޫސިޓީގެ  އީއޯސީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތުއެވެ.

މިބައްދަލުވުމުގައި ލޫތު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތަކާ  ހިލާފުވެގެން  249 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވެގެން އައްޑޫސިޓީން ޖުރުމަނާކޮށްފައިވާ ގޮތުގެ ތަފްސީލް

# އެއްރަށުން އަނެއްރަށަށް ނުދިއުމަށް އަންގާފައިވަނިކޮށް އެއްރަށުން އަނެއް ރަށަށްދިޔަ 16 މީހުން

# ކަރަންޓީނާ ޚިލާފްވެގެން 11 މީހުން

# އެކަހެރިވުމަށް އެންގި އެންގުމާ ޚިލާފްވެގެން 1 މީހުން

# މާސްކް ނައަޅައި ދުއްވި 98 މީހުން

# ކާފިއުވަގުތުގައި ހުއްދަނެތި ބޭރުގައި އުޅުނު 109 މީހުން

# ކެފޭއާއި ރެސްޓޯރެންޓް ތަކުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވެގެން 2 ތަނެއް

# އަދި މީގެ އިތުރަށް ގައިޑްލައިނާ ގުޅޭ އެހެނިހެން ކަންތައްތަކާއި ޚިލާފްވެގެން 13 ފަރާތެއް

ބައެއް ފަރާތްތައް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި ހިލާފުވި ނަމަވެސް އާއްމުކޮށް ގިނަ ފަރާތްތަކަކުން  އެ ގަވާއިދުތަކަށް  އިހުތިރާމްކޮށް  އަމަލުކުރަމުންދާކަން ވެސް  ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި  ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތުވިދާޅުވިއެވެ.

Next: އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ