ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ފޯސްއަށް ހަދިޔާކުރަން ނިންމައިފި އެވެ.

އަމީން މުހައްމަދު އެކަން އިއުލާނުކޮށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްގައި ބުނެފައިވަނީ މިމަހުގެ މުސާރައިގެ 20 ޕަސެންޓް ކޮވިޑް-10 ޓާސްކް ފޯސްއަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

“ކޮވިޑް 19 އާ ގުޅިގެން ރައްރަށުގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއް.” އަމީން ލިޔުއްވާފައިވެ އެވެ.

އަމީން ވިދާޅުވީ ރަށްރަށުގެ ޕްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

Next: ކޯވިޑް-19 : އިތުރު 58 މީހަކު ޕޮޒިޓިވްވެއްޖެ