50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް  50 މޭލާށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ މެޓް އޮފީހުން ނެރުނު ރީނދޫ އެލާޓްގައި  ބުނެފައި ވަނީ، މިއަދުގެ 13:20 އިން ފެށިގެން 16:30 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން  އައްޑޫ ސިޓީއާއި ހަމައަށް އާއްމުކޮށް  ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަގައި، ވައިގަދަވެ ވަރަށް ބޮޑަށް ކަނޑު ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

ވިލާހަޑުގައި 50 މޭލަށް ވައިބާރުވެ ބޯކޮށް ވާރޭވެހި، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Next: ފުޑް ސެކިއުރިޓީ ގެ ބާބު