މާލޭގެ ލޮކްޑައުން އަނެއްކާވެސް 14 ދުވަހަށް އިތުރުކޮށްފި

ކޮވިޑް-19އާ ގުޅިގެން މާލޭގެ ލޮކްޑައުން އަނެއްކާ ވެސް 14 ދުވަހަށް އިތުރު ކޮށްފިއެވެ.

މާލެ އިން ކޮވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއެކު، މާލެ، ވިލިމާލެ އަދި ހުޅުމާލެ ފުރަބަންދު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރޭ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައެއެވެ. އެ އެންގުމުގައި ވިދާޅުވެފައި ވަނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު، 28 މެއިގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

” މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން
އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ”. އެ އެންގުމުގައި ވެއެވެ.

Next: އައްޑުއަތޮޅު ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި