ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފުލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ހުޅުމީދޫ ސިއްހީމަރުކަޒު ކައިރީގައި ހުންނަ  ޑރ. އަފީފުގެގެ ” ޖައްވު ” ގައި މިއަދު ހުޅުވި މި ކްލިނިކުން ހިދުމަތްދޭނީ ހެނދުނު 10:00އިން މެންދުރު 12:00 އަށެވެ.

ހުމާއި އަދި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން މި ކްލިނިކަށް ދެއްކުމަށް ސިއްހީމަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިއްހީމަރުކަޒުގެ ފަރާތުން ހުޅުވި މިފްލޫ ކްލިނިކްގައި ބަލިމީހުން ބައްލަވަމުން ގެންދަވާނީ ޑޮކްޓަރ ޝުވައްޔާ ރަޝީދެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 177 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ހުޅުވި ފްލޫ ކްލިނިކް

 

Next: ކޯވިޑް19: އިތުރު 11 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 188 އަށް