ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 38 އަހަރުގެ ދިވެއްސެއް ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަމީނު ވިދާޅުވީ އެމީހާ ރާއްޖެ އައީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ކަމަށާއި ބަލީގެ އަލާމާތްތައް ފެނިގެން އެމީހާ ޓެސްޓް ކުރީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި އެ ދިވެހި މީހާ ބައްޔައް ޕޮޒިޓިވްވިކަން އެނގުނީ 27/3/2020 ވަނަ ދުވަހު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ދިވެހި މީހާ މިހާރު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނު ކޮށްފައި ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ރާއްޖެއިން ބޭރުން އައި މިމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަަކަށް ރާއްޖެ ނުދާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.