ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ޝޫޒާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ފައިޒް އިލެކްޝަންސް ކަމިޝަނަށް ފޯމު ހުށަހަޅާއިފިއެވެ. ޝޫޒާގެ ފޯމް އަދި ފައިޒްގެ ފޯމާއިވެސް ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކަމިޝަނުގެ ރައީސް އަހުމަދު ޝަރީފެއެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ ޝޫޒާގެ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިސްގެ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ބައިވެރިވެވަޑައިގެންފައިވާއިރު ފައިޒްގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝޫޒާގެ ފޯޯމް އިއްޔެ ހުށަހަޅާފައިވާއިރު ކައުންސިލް އިންތިޚާބުގައި އައްޑުއަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައްވެސް އިއްޔެވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.
އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިހުގައި އައްޑުއަތޮޅު ތަމްސީލްކުރާ ބައެއް މެމްބަރުންގެ އިތުރަށް އައްޑޫސިޓީގެ މޭޔަރު ސޯބެވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.