މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފޯމު ހުށަހަޅައިފި

advertisement

ލޯކަލް ކައުންސިލް  އިންތިޚާބުގައި މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ޝޫޒާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ފައިޒް އިލެކްޝަންސް ކަމިޝަނަށް ފޯމު ހުށަހަޅާއިފިއެވެ. ޝޫޒާގެ ފޯމް އަދި ފައިޒްގެ ފޯމާއިވެސް ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކަމިޝަނުގެ ރައީސް އަހުމަދު ޝަރީފެއެވެ.

އިއްޔެ  ކުރިޔަށް ގެންދިޔަ ޝޫޒާގެ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިސްގެ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ބައިވެރިވެވަޑައިގެންފައިވާއިރު ފައިޒްގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝޫޒާގެ ފޯޯމް  އިއްޔެ ހުށަހަޅާފައިވާއިރު ކައުންސިލް  އިންތިޚާބުގައި އައްޑުއަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައްވެސް އިއްޔެވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިހުގައި އައްޑުއަތޮޅު ތަމްސީލްކުރާ ބައެއް މެމްބަރުންގެ އިތުރަށް  އައްޑޫސިޓީގެ މޭޔަރު ސޯބެވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

advertisement

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަރަންޓް ކިތަންމެ ގިނައިން ބޭނުންކުރިއަސް ބިލް ބޮޑުނުވާގޮތަށް ރޭޓެއް ކަނޑައަޅާނަން: ރައީސް

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ފީގެ ރޭޓު ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ...

ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...

ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހަމަޖައްސާނަން: ރައީސް

ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފެލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ...