އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފިއެވެ.
” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 ” ގެ ނަމުގައި ބޭއްވުމަށް ހަމައޖެހިފައިވާ މިމުބާރާތް ފެށުމަށް ސިޓީ ކައުންސިލުން ހަމަޖައްސަވާފައިވަނީ 26 ޑިސެންބަރު 2019 ގައެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކަށް 17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާ އިތުރަށް ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭގޮތައް ސިޓީ ކައުންސިލުންވަނީ ހަމަޖައްސަވާފައެވެ.
ވީމާ، ” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 ” މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން ފޯމު ފުރިހަމަ ކުރައްވައި 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުމަށް އައްޑޫސިޓީކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުން މުބާރާތާ ބެހޭ މައުލޫމާތު ސާފްވެވަޑައިގަންނަވާގޮތައްވެސް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާވާފައެވެ.