އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އައްޑޫސިޓީން އިއުލާންކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލްގެ އިއުލާނުގައިވާގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 21 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި، އަވަށުއޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.
މި މަސަތްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް 24 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލުގައި އަދި މީދޫ އަވަށުއޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 28 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ހޯލުގައި އަދި މީދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 18 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުމަށް ސިޓީ ކައުންސިލްގެ އިދާރާގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 27 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ސިޓީ ކައުންސިލުން ފޮނުވާނެކަމަށްވެސް ސިޓީކައުންސިލްގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.
މިމަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށްވެސް ސިޓީކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.
އީމެއިލް: procurement@adducity.gov.mv
ކޮޕީ : project@adducity.gov.mv