މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހީން ބިނާކުރުމަށާއި އެދާއިރާއަށް ދިވެހީން ޝައުގުވެރިކުރުވުމަށާ އަދި އެދާއިރާއަށް ދިވެހީން އަހުލުވެރި ކުރުމަށް މަސައްކަތް ކުރުމުގެ ރޮގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ސ. ހިތަދޫ އާސީނުގޭ ޒީނާޒު ހުސެންއެވެ.
ޒީނާޒު ހުސެއިން ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ .
ޒީނާޒު ހުސެން އަށް ފަތުރުވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް ގައުމީ އިނާމާއިބެހޭ ކޮމިޓީން ނިންމެވީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިދާއިރާއިން މީހުން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި އަމިއްލަފުޅުގޮތުން މިދާއިރާ ތަރައްގީކުރެއްވުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިމުކަން ކޮމިޓީއަށް ފެނިވަޑައިގެންނެވެ.
ޒީނާޒުގެ ޚިދުމަތްތަކުގެ ތެރެއިން އިންސްޓިޓިއު އޮފް ހޮޓެލް އެންޑް ކޭޓްރީން ސާވިސަސް އާއި އަދި މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލްޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީންއެއްގެ ގޮތުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ.