ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްވެދާނެކަމަށް ހީކުރެވުމަކީ ވެދާނެކަމެއްކަމަށް ރަށްޔިތުންގެ މަޖިލިހުގެ ބާރަށުދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެވެ.

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މުޅި ރާއްޖެ ގަޑުބަޑުކޮށް އެފުއްމިފުށަށް ޖަހާފައިވާކަމުގެ މިސާލަކީ މީގެ ކުރީން ޝަރީއަތެއް ކުރިއަށް ހަމައެއް ލަމައެއް ނޯންނަކަން ، އަދި ކޯޓްތަކަށްވަދެ ބޭނުން ގޮތެއް ހަދަމުންދިޔަކަމަށާ ފަޑިޔާރުން ނެރެން ކޯޓުގެތަކުގެ ފުރާޅުން ޓިނުނައިގެން ދަމާ ހަލާ ގެންގޮސް އުސޫލެއް އަދި ގޮތެއް ފޮތެއްނެތި ކަންކަން ކޮށްފައިވާކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެހެންނަމަވެސް ހަމަޔާ އުސޫލުގެ ތެރެއިންކަންކަން އިންތިޒާމްކުރެވި ކަންކަން ގެންދިޔައީމާ އެކަމަށް ހޭދަވާވަގުތަކީ ކަންކަން ލަސްވުންކަން ގަބޫލް ނުކުރައްވާކަމަށްވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ 8 މަސް ދުވަހުގެ މަޝްރޫއުތަކާއި މިވެރިކަމުގެ މިހާހިސާބަށް އައިއިރު ހިގަމުންދާ މަޝްރޫއުތަކާއި އަޅާ ބަލާއިރު މިހާރު މާބޮޑުތަނުންވެސް ރަގަޅުކަމަށެވެ.

މީގެ އިތުރަށް އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ދޮޅުމަސްދުވަހަކީ ދިގުމުއްދަތެއްނޫންކަމަށާ އެހެން ނަމަވެސް ވޭތުވެދިޔަ ކުރު މުއްދަތުގައި މަޖިލިހުން މަސައްކަތް ކުރެވުނު މިންވަރަކީ ދިވެހި ރަށްޔިތުން އުފާކުރުން ހައްގު މިންވަރެއްކަމަށެވެ.

ސަރުކާރުގެ ސްޕީޑާ މެދު ރަށްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުންދަނީ ކަންކަން އިސްލާހުނުކޮށް ޖަޒީރާވަންތަ ދިރިއުޅުމެއް ރަށްޔިތުންނަށް ކަށަވަރު ނުކުރެވޭނެކަމަށެވެ.

Next: ގަމުގައި ޕައިލެޓް ކޯސް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް ރާއްޖެން ބޭރުގައި ކިޔެވުމުގެ ފުރުސަތުދެނީ