އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ އަހުމަދު އަބްދުﷲ ނަސީރަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް އަދި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ ދަރިވަރެކެވެ. އަހުމަދު އަބްދުﷲ ނަސީރު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެގައެވެ.

ހދ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އަބްދުﷲ ނަސީރަކީ އެމްއެންޔޫ ވޮލީބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ލީޑަރެކެވެ.

މީގެ އިތުރުން އިންޓަރ ކޮލެޖް ވޮލީބޯލް ޓޯނަމެންޓް 2019 ގައުމީ ޔުނިވާސިޓީ އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އަހުމަދު އަބްދުﷲ ނަސީރު ވަނީ ބޮޑު ރޯލެއް ކުޅެފައެވެ.

މަރުހޫމު އަބްދުﷲ ނަސީރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

Next: ކޮޕާ އެމެރިކާގެ ސެމީން އާޖެންޓީނާ ޖާގަ ހޯދައިފި