ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ ޝަރަފުއްދީން ސްކޫލް ކަޓުވާލާ، ހުޅުދޫ ސްކޫލް ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ހިތަދޫ ޒޯންސްޓޭޑިއަމްގެ ދަނޑުގައި ކުޅެވުނު 12 އަހަރުން ދަށުގެ ސެމީފައިނަލްގެ ދެވަނަމެޗްގައި ޝަރަފުއްދީން ސްކޫލްގެ ޓީމާވާދަކޮށް ހުޅުދޫ ސްކޫލް މޮޅުވީ 4 ލަނޑު 1 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ދާދީހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ޝަރަފުއްދީން ސްކޫލުންނެވެ. އެހެންނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުގެކުރީން ހުޅުދޫސްކުންވެސް ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އެހެންކަމުން ނަތީޖާ ކަނޑައެޅުމަށް ޕެނަލްޓީ ޖެހިޖެހުމުގައި ހުޅުދޫ ސްކޫލްގެ ކުޅުންތެރީން ޖެހި 3 ޕެނަލްޓީވެސް އެޓީމުން ކާމިޔާބުކުރިއެވެ. ނަމަވެސް ޝަރަފުއްދީން ސްކޫލްގެ ކުޅުންތެރީން ޖެހި 3 ޕެނަލްޓީވެސްވަނީ ނާކާމިޔާބުވެފައެވެ.

އެހެންކަމުން 4 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ޝަރަފުއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދައިގެން ހުޅުދޫ ސްކޫލްވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ހުޅުދޫ ސްކޫލާއި ފައިނަލްގައި ވާދަކުރާނީ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މަރަދޫއިރުޝާދިއްޔާ 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ބަލިކޮށް ފައިނަލަށް ގޮސްފައިވާ ހިތަދޫސްކޫލާއެވެ.

Next: ޝަރަފުއްދީން ބަލިކޮށްއިރުޝާދިއްޔާ ޗެމްޕިއަންކަން ހޯދައިފި