އިރުޝާދިއްޔާ ލަދުގަންނަވާލާ ހިތަދޫ ސްކޫލްފައިނަލަށް

ހިތަދޫ ސްކޫލްގެ އަހުމަދު  ޔާސީން އަބްދުﷲގެ ހެޓްރިކާއެކު މަރަދޫ އިރުޝާދިއްޔާގެ 12 އަހަރުން ދަށުގެ ޓީމް ލަދުގަންނަވާލާ ވަރުގެ ބޮޑުނަތީޖާއަކުން ބަލިކޮށް މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ފައިނަލަށް ހިތަދޫ ސްކޫލް ދަތުރުކޮށްފި އެވެ

އިއްޔެ ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު 12 އަހަރުން ދަށުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މަރަދޫ އިރުޝާދިއްޔާއާއި ބައްދަލުކޮށް ހިތަދޫސްކޫލް މެޗް ކާމިޔާބުކުރީ 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުންނެވެ.

މިމެޗްގައި ހިތަދޫ ސްކޫލްގެ އަހުމަދު ޔާސީން އަބްދުﷲ 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ އަނެއް 4 ލަނޑުގެ ކާމިޔާބުކޮށްދިނީ  އަހުމަދު އަލްވިން ހަސަންއާއި މުހައްމަދު އައިމަން ހަސަންއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ މިމެޗްގައި ހެޓްރިކް ހެދި ހިތަދޫ ސްކޫލްގެ  އަހުމަދު ޔާސީން އަބްދުﷲއެވެ.

Next: ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް