ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ

ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދުއަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ .

ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދޫއަށް އެރި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހާއްސަކޮށް އެރަށުގެ ބަރާސިލް އަވަށުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، އެއަވަށު ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް ދަނީ ހަރަހާތްތެރިވަމުންނެވެ.

ފަސްވަރަކަށް ގޭގެ ފުރާޅުވެސް އެއްކޮށް އެއްލާލާ، ގޭގެ ބަހައްޓާފައިވާ ވެހިކަލް ފަދަތަކެއްޗަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އެއާއެކު ބައެއް ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ

ތިރީގައި އެވަނީ ފޮނުދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް

Next: ޝަރަފުއްދީން ސްކޫލްގެ ޓީމާ ވާދަކޮށް އަތޮޅުމަދަރުސާގެ ޓީމް މޮޅުވެއްޖެ