ޝަރަފުއްދީން ސްކޫލްގެ ޓީމާ ވާދަކޮށް އަތޮޅުމަދަރުސާގެ ޓީމް މޮޅުވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަތޮޅުމަދަރުސާގެ 14 އަހަރުން ދަށުގެޓީމް ހިތަދޫ ޝަރަފުއްދީން ސްކޫލާ ވާދަކޮށް  1-3 ކުން މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗްގައި އަތޮޅުމަދަރުސާ ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލް މެޗްގެ 09 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ހުޒައިމް އަލީއެވެ. އަދި  އެޓީމުގެ ދެވަނަ ގޯލާއި ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އަޒުވާނެވެ. އަޒުވާން ކާމިޔާބުކޮށްދިން  އަތޮޅުމަދަރުސާޓީމްގެ ދެވަނަ  ގޯލް 55 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު އަޒުވާން ކާމިޔާބުކޮށްދިން އެޓީމުގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ 59 ވަނަ މިނިޓްގައެވެ.

މިމެޗްގައި ޝަރަފުއްދީން ސްކޫލްޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 60 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަހުމަދު އުސާމްއެވެ.

އަތޮޅުމަދަރުސާގެ 14 އަހަރުން ދަށުގެޓީމް މިމުބާރާތުގައި  މިހާތަނަށް ކުޅުނު 3 މެޗްގެތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ އެޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

Next: ހިތަދޫސްކޫލާއި ބައްދަލުކޮށް ޝަމްސުއްދީންސްކޫލް ބަލިވެއްޖެ