ސަހާފްގެ ހެޓްރިކާއެކު ފޭދޫސްކޫލްއަތުން އަތޮޅުމަދަރުސާއަށް ބޮޑުމޮޅެއް

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސަހާފްގެ ހެޓްރިކާއެކު ތަފާތު ބޮޑުކޮށް އަތޮޅުމަދަރުސާޓީމުން ފޭދޫސްކޫލްޓީމް ބަލިކޮށްފި އެވެ.

އިއްޔެ ހަވީރު ހިތަދޫ ޒޯންސްޓޭޑިއަމްގެ ދަނޑުގައި ކުޅެވުނު މިމެޗުން   އަތޮޅުމަދަރުސާޓީމުން  ފޭދޫ ސްކޫލްޓީމް ބަލިކޮށްފައިވަނީ ސަހާފްގެ ހެޓްރިކާއެކު 8 ލަނޑު 2 ލަނޑުގެ ބޮޑު ނަތީޖާއަކުންނެވެ.

 

އިއްޔެގެމެޗްގައި އަތޮޅުމަރުސާޓީމުގެ ފުރަތަމަ ލަނޑު 4 ވަނަ މިނިޓްގައި ލުއައްޔު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ދެވަނަ ލަނޑު 10 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިނީ ރަޔަން މުސްއަދު މަންސޫރެވެ. މިމެޗްގައި އަތޮޅުމަދަރުސާޓީމްގެ ސަހާފް ހެޓްރިކް ހަދާފައިވަނީ މެޗްގެ 10 ވަނަ މިނިޓް ، 19 ވަނަ މިނިޓް އަދި 21 ވަނަ މިނިޓްގައި ކާމިޔާބު ކުރި ލަނޑުތަނުންނެވެ. އަތޮޅުމަދަރުސާޓީމުން މިމެޗގުގައި ކާމިޔާބުކުރި 6 ވަނަ ލަނޑު 34 ވަނަ މިނިޓްގައި ސައްޔާދު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 7 ވަނަ ލަނޑު 52 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒާލިފްއެވެ. އަދި އެޓީމުގެ 8 ވަނަ ލަނޑު 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ޔަޝްފާންއެވެ.

މިމެޗްގައި ފޭދުސްކޫލްގެ ޓީމުން ކާމިޔާބުކުރި ދެލަނޑު 41 ވަނަ މިނިޓާއި 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ޒައުލް ނާޒިމެވެ.

އިއްޔެގެމެޗުގައި އަތޮޅުމަދަރުސާޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފޭދޫ  ކުޅުންތެރީންގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިގެންގޮސްފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

Next: ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ