މީދޫ ދާއިރާގެ ގޮނޑި ރޮޒައިނާ ދިފާއުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑި މީދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި ރޮޒައިނާ އާދަމް އަނެއްކާވެސް ކާމިޔާބު ކުރައްވައިފިއެވެ.

ރޮޒައިނާ މި ގޮނޑި ކާމިޔާބު ކުރެއްވީ މީދޫ ދާއިރާއަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.

ރޮޒެއިނާއަށް 1292 ވޯޓް ލިބިފައިވާއިރު ރޮޒެއިނާއާއި އެންމެ ބޮޑަށް ވާދަކުރެއްވި އަބްދުއްރަހުމާނަށް ލިބިލެއްވީ 1154 ވޯޓެވެ. އަދި މިދާއިރާއަށް ދެން ވާދަކުރެއްވި ފަރުހާދަށް ލިބިލެއްވީ 84 ވޯޓެވެ.

ރޮޒެއިނާއަށް މީދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރެވިފައިވަނީ އެކަމަނާއާއި އެންމެ ބޮޑަށް ވާދަކުރެއްވި އަބްދުއްރަހުމާނަށްވުރެ 170 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ.

Next: ހުޅުދޫ ދާއިރާގެ ގޮނޑި އިލްޔާސް ލަބީބަށް