ހުޅުދޫ ދާއިރާގެ ގޮނޑި އިލްޔާސް ލަބީބަށް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ހުޅުދޫ ދާއިރާގެ ގޮނޑި އެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ކާމިޔާބު ކުރައްވައިފިއެވެ.

އިލްޔާސް ލަބީބު  މި ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ޝާހިދުއާއި ވާދަކުރައްވައިގެންނެވެ.

އިލްޔާސް ލަބީބަށް  1185 ވޯޓް ލިބިފައިވާއިރު ޝާހިދުއަށް  ލިބިލެއްވީ 999 ވޯޓެވެ.

އިލްޔާސް ލަބީބު ހުޅުދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރެވިފައިވަނީ އިލްޔާސްއާއި ވާދަކުރެއްވި  ޝާހިދުއަށްވުރެ  200 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ.

Next: މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެ: ނަޝީދު