މިގޮޑީގައި އަޅުގަޑު ބައިންދައިފިނަމަ މިގޮޑި ނީލަމުގައި އިންނަދުވަހެއް ތިޔަބޭފުޅުންނަށް ނުފެންނާނެ- ރޮޒެއިނާ

މީދޫއާއި ވަރަށްބޮޑު އާއިލީގުޅުމެއް އޮންނަކަމަށާ މަރަދޫފޭދޫއަށް ބަލާއިރު މަރަދޫފޭދޫގެ ރަށްޔިތުންނާއި ހިތާހިތުގެ ގުޅުމަކުން ގުޅިފައިވާކަމަށް ރޮޒެއިނާ އާދާމް ވިދާޅުވެއްޖެވެ .

ރޮޒެއިނާ މިހެން ވިދާޅުވީ މިމަހުގެ 25 ވަނަދުވަހު ޕީއެސްއެމްއިން ކުރިއަށް ގެންދެވި ރަށްޔިތުންގެ މަޖިލިހުގެ އައްޑޫމީދޫދާއިރާގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އައްޑޫގެ ރަށްޔިތުންނަކީ އަބަދުވެސް ވަޠަނީބައެއް ، އަދި  އައްޑޫގެ އާއިލާތަކަކީ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް އަބަދުވެސް ގާތްގުޅުމެއް ބާއްވަމުންދާ ބައެއްކަމަށްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  އެކަން  އެކަމަނާ ތަޖުރިބާކޮށްފައިވާކަމަށެވެ.

” އަޅުގަޑު އުފަލާއެކީގައި އަޅުގަޑުގެ ދާއިރާގެ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ އައްޑޫ މީދޫދާއިރާގެ ގޮޑީގައި އަޅުގަޑު ދެންވެސް ބައިންދައިފިކަމަށް ވަންޏާ ތިޔަބޭފުޅުންގެ ތިގޮޑި ނީލަމުގައި އިންނަދުވަހެއް ކުރިއަށްއޮތް މުސްތަގުބަލުގައި ނާންނާނޭ .” ރޮޒެއިނާ ވިދާޅުވިއެވެ.

Next: ރޮޒެއިނާގެ ކެމްޕެއިންޓީމުގެ ފަރާތުން ބޭއްވި ހިގާލުން