ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި

Advertisement

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ.

މިމަސައްކަތްތައް ހަވާލްކުރުމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޒީނިއަރ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

ހުޅުދޫއާއި މީދޫގެ ބަހާއުއްދީންމަގު ހެދުމުގެ މަޝްރޫއަކީ ތިރީސް ދެމިލިއަންރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއު ހަވާލްކޮށްފައިވަނީ 240 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫގެ ދަށުން މިމަގުގެ ދެކިލޯ މީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ރަގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން  މިމަޝްރޫގެ ދަށުން މިމަގުގައި މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Next: މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި