ޔޫރޯ ކޮލިފިކޭޝަންގައި ރަޝިޔާ އާއި ބައްދަލުކުރި މެޗުން ބެލްޖިއަމް މޮޅުވެއްޖެ

Advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗު ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އައިގައި ހިމެނޭ ބެލްޖިއަމްއާއި ރަޝިޔާ ބައްދަލުކުރި މިމެޗުން  ބެލްޖިމް މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ.

ބެލްޖިއަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބެލްޖިއަމްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު  14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  ޔޫރީ ޓީލެމެންސްއެވެ.

އެހެން ނަމަވެސް އޭގެ ދެ މިނެޓްފަހުން ބެލްޖިއަމްގެ ކީޕަރު ކޯޓުއާ އަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން ރަޝިޔާއިންވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ރަޝިޔާއަށް ކާމިޔާބުކޮށްދިނީ  ޑެނިސް ޗެރިޝޭވްއެވެ.

މިމެޗްގައި ބެލްޖިއަމްއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެންދަނިކޮށް، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަޒާޑްއެވެ.

މިމެޗްގައި ބެލްޖިއަމްއިން ކާމިޔާބުކުރި 3 ވަނަ ލަނޑު  88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ހަޒާޑްއެވެ.

Next: ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި