ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މީދޫގައި ބޭއްވި ވެހިކަލް ބުރުގެ ތެރެއިން

Advertisement

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫމީދޫދާއިރާއަށް ވާދަކުރައްވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މީދޫގައި ބޭއްވި ވެހިކަލް ބުރުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް .

މިދިޔަ ހުކުރު ދުވަހު ހަވީރު މީދޫގައި ބޭއްވުނު މިވެހިކަލް ބުރު ފަށާފައިވަނީ އެމްޑީޕީ ޖަހަގަކުރިމަތިންނެވެ.

މިއީ ރޮޒެއިނާއަށް ކެމްޕެއިން ކުރުމުގެ ގޮތުން މީދޫގައި މިފަހުން ބޭއްވުނު ފުރަތަމަ ވެހިކަލް ބުރުވެސް މެއެވެ.

މިވެހިކަލް ބުރުގައި ގާތްގަނޑަކަށް  30 އުޅަނދު ބައިވެރިވި އެވެ. އަދި މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ސައިކަލްތަކުގައި ވެސް މިވެހިކަލްބުރުގައި ބައިވެރިވެފައިވެއެވެ.

 

Next: ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާބޭސް ވިއްކުން ހުއްޓުވުމަށް ކޯޓަށް ހުށަހަޅައިފި