ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީ- ވަލްވާރޭ

Advertisement

ލިއޯންއަތުން  ބޮޑުތަފާތަކުން މޮޅުވެ ޗެމްޕިއަންސްލީގުގެ ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީކަމަށް އެޓީމުގެ ކޯޗް ވަލްވާރޭ ބުނެފިއެވެ.

ލިއޯންއަތުން 5-1 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ގަދަ 8 އިން ބާސެލޯނާ ޖާގަހޯދިއިރު މިމެޗްގައި މެސީވަނީ ދެގޯލްޖަހާ އިތުރު ދެގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.

ބާސެލޯގެ ކޯޗް ވަލްވާރޭ މެޗަށްފަހުބުނީ މެސީކަހަލަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ނަސީބެއްކަމަށާ އޭނާ ދަނޑުމަތީގައި ހުރެއްޖެނަމަ ނަތީޖާ އަނބުރާލާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަކަމަށެވެ. އަދި ރޭގެ މެޗަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ މޮޅަށްކުޅުނު އެއްމެޗްކަމަށްވެސް ވަލްވާރޭ ބުނިއެވެ.

ވަލްވާރޭބުނީ ޗެމްޕިއަންސް ލީގަކީ ބާސެލޯނާއިން ވަރަށް އިސްކަން ދީގެންކުޅޭ މުބާރާތެއްކަމަށާ ހުރިހާ ކުޅުންތެރީންވެސް މިމުބާރާތުގެ މެޗްތަކަށް ވަރަށްބޮޑަށް ތައްޔާރުވާކަމަށެވެ.

ރޭގެ މެޗަށްފަހު ލިއޯންގެ ކޯޗް ބާސެލޯނާގެ ކެޕްޓަން މެސީއަށް ވަނީ ތައުރީފްކޮށްފައެވެ. އޭނާބުނީ މެސީއަކީ ޖާދޫގަރެއްކަހަލަ ކުޅުންތެރިއެއްކަމަށެވެ. އަދި މެޗްގެ ނަތީޖާ ބަދަލުކޮށްލަންވެސް މެސީއަށް ބޭނުންވަނީ ފަޅި ސިކުންތެއްކަމަށްވެސް އޭނާ ބުނިއެވެ.

ޚަބަރު: ޕީއެސްއެމް

Next: އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި