އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

Advertisement

އެކްސިޑެންޓަކާއި ގުޅިގެން މުހައްމަދުދީދީ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި  ހާމަކޮށްފައިވަނީ  ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ އެކްސިޑެންޓް މައްސަލައަކާ ގުޅިގެން މުހައްމަދުދީދީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ / ޑޭޒީފެހި، މުޙައްމަދުދީދީ (56އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މުޙައްމަދުދީދީ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓްގެ ޑިއުޓީ ނަންބަރު 9660183ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދުދީދީ އާއި ގުޅޭ އެކްސިޑެންޓެއް ހިނގީ ކޮންއިރަކު، ކޮންތަނެއްގައި ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

Next: ރައީސް ސޯލިހާއި ރައީސް ނަޝީދު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން