ޕްރައިމަރީގައި ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭގޮތައް ސްޕްރިންކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ސިފަކުރައްވައިފިއެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތިޔާޒުވަނީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިންތިޚާބުގެ އުސޫލަށް ކުއްލިބަދަލު ގެނައުމަކީ އެމްޑީޕީން ގަބޫލް ކުރާނެކަމެއްނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން ގައުމީ ފެންވަރެއްގައި ބޮޑު ޕްރައިމަރީއެއްބާއްވާ ނިންމާފައިވަނިކޮށް ކެނޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހުރަސް އެޅޭގޮތައް ކަންކަން ހިންގުމަކީ ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕްރިންކޯޓަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ޕްރައިމަރީން ބަލިވިމީހުން ވާދަކުރެވޭނެގޮތްހެދީ އެމްޑީޕީ ގަޑުބަޑުކުރަންކަމަށެވެ.
” އަޅުގަޑުމެން ގަބޫލްކުރާ ހަމައެއްނޫން އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް އިންތިޚާބުގެ ކަންކަމަށް އިތުރު ކުއްލި ބަދަލުތައް ގެނައުމަކީ. އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް އިންތިޚާބީ ގައިވާއިދު ތަކަށް އިންތިޚާބީ އުސޫލްތަކަށް އިންތިޚާބީ ގާނޫންތަކަށް ކުއްލި ބަދަލުއައުމަކީ . މީގަބޫލް ކުރެވޭ ހަމައެއްނޫން. އިހައްދުވަހު ސްޕްރިންކޯޓުން އެނިންމެވި ނިންމެވުމެއް ނިކަން ބައްލަވާ . ހަމަ މިހުރިހާ ދުވަހު މިދިޔަ އަބްދުﷲ ޔާމީނުގެ ސަރުކާރަށް ވާގިވެރިވެ ދެއްވުމަށް އެއްކަލަ ގާނޫނެއް އެބޭއްވި ގޮތައް ބާއްވަވާފައި މިއަދު އެމްޑީޕީން ޕްރައިމަރީ ބާއްވާ ނިންމީމާ ގައުމުގެ ފެންވަރުގައި ބޮޑު ވާދަވެރި ޕްރައިމަރީއެއް ބާއްވާ ނިންމާ ކެނޑިޓޭޓުން ހޮވާ ފައްކާވެ ތައްޔާރުވެ ކެމްޕޭނާއިގެން ފެއްޓީމާ ކުއްލިއަކަށް ސްޕްރިންކޯޓުގެ ތެރޭގައި މިހެއްދެވި އެއްޗަކީ އެއްކަލަ ގާނޫންގެ ބައެއް އުވާލާފާ އަޅުގަޑުމެންގެ ޕާޓީގެ ޕްރައިމަރީން ބަލިވިމީހުންނަށް އިތުރަށް އިންތިޚާބުގައި ވާދަކުރެވޭނެގޮތްހަދާ އަޅުގަޑުމެން ގަޑުބަޑުކުރުމުގެ މަސައްކަތް އެނިޔަތުގައި ކުރެއްވިކަމެއް . ސްޕްރިންކޯޓަކީ ތިޔަބޭފުޅުންނަށް އެގިވަޑައިގަންނަވާނެ . ޝޯމޯޓޯގެ ދަށުން ކިތައް ކަންތައްތައްކުރެއްވި. ކިތައްގާނޫން . ކިތައް ބާބޫ ކިތައްގޮތައް އަމިލައަށް އުފުއްލަވައިގެން ބާޠިލް ކުރެއްވީ . ” އިމްތިޔާޒް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ރަށްޔިތުންނަށް ބޭނުންވާނޭ ކަންތައްތައް ފުއްދާދެއްވުމަށް ވައުދުތަކެއް ހިފައިގެން ނިކުތީ ހަމައެކަނި އެމްޑީޕީންކަމަށެވެ. އެހެން ޕާޓީތަކުން މަސައްކަތްކުރަނީ އިންތިޚާބުގެ އުސޫލްތައް ބަދަލުކުރުމަށާ އިންތިޚާބް ފަސްކުރުމަށްކަމަށް ވިދާޅުވެ އެކަމަށް އިމްތިޔާޒުވަނީ ފާޑުވިދާޅުވެފައެވެ.
އިންތި މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ ޕްރައިމަރީން ބަލިވާމީހުންނަށް އިންތިޚާބަށް ކުރިމަތިލެވޭގޮތައް ނިންމުމުން ފާޑުވިދާޅުވެފައެވެ.
އެމްޑީޕީން މިފަދައިން ވަކާލާތުކުރާއިރު ޕްރައިމަރީގައި ވާދަކޮށް ބަލިވާފަރާތްތަކަށް އަލުން ކުރިމަތި ލެވޭގޮތައް ކަނޑައޅުމުން އެކަމަށް މަޖިލިހުގެ ތަޅުމުގައި މެމްބަރު އިމްތިޔާޒްވެސް ހިމެނޭގޮތައް ގިނަ މެމްބަރުންވަނީ ފާޑު ވިދާޅުވެފައެވެ.