މާފުށީގައި ތުރުކީވިލާތުގެ ރައްޔިތަކު ގެނބިގެން މަރުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާއަކީ މާލެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ތުރުކީވިލާތުގެ ރައްޔިތެއް ގެނބިގެން މަރުވެފައިވަނީ ފަހަކަށް އައިސް ގިނަ ޢަދަދެއްގެ ބިދޭސީން ގެނބިގެން މަރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.