ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ސ. އަތޮޅުމަދަރުސާގައި ބާއްވައިފި

Advertisement

ސްކޫލް ނިންމާ ދަރިވަރުން ކުރިއަށްދާނެ އެންމެ ރަނގަޅު މަގަކީ ކޮބައިކަން ބުނެދިނުމުގެ މަގުސަދުގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ސ. އަތޮޅުމަދަރުސާގައި ބާއްވައިފި އެވެ

ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް އަ ތޯޓްފުލް ހުޅުދޫ (ޕާތު)އާއި  ސ. އަތޮޅު މަދަރުސާ ގުޅިގެން މިމަހުގެ 22 ވަނަ ދުވަހު ސ. އަތޮޅުމަރުސާގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ޚާއްސަކޮށްފައި ވަނީ ގްރޭޑް 9، 10 އަދި 11ގައި ކިޔަވާ ދަރިވަރުންނަށެވެ.

މި ސެމިނާގައި ތަފާތު ހަތަރު ދާއިރާއަކުން ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އެއީ ލީގަލް، އައިޓީ އަދި ސޮފްޓްވެއަރ އާއި ކަސްޓަމަރ ސަރވިސްގެ އިތުރުން ޑިވެލޮޕްމެންޓަލް ޕްލޭނިންގ އެވެ.

ޑިވެލޮޕްމެންޓް ސެކްޓަރ އާއި ގުޅޭގޮތުން ސެމިނާގެ ބައިވެރިންނަށް ޔޫއެންޑީޕީގެ ޕްރޮގްރާމް އެނެލިސްޓް، އަހްމަދު މުހައްމަދު ޝިހާބު  މައުލޫމާތު ދެއްވާފައިވާއިރު  ޤާނޫނީ ދާއިރާއިން މައުލޫމާތު ދެއްވީ ވަކީލާ މަރިޔަމް ޝުނާނާއެވެ.

އައިޓީ އަދި ސޮފްޓްވެއަރ ދާއިރާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ސޮފްޓްވެއަރ ޑިވިޝަންގެ ސީނިއަރ ޑައިރެކްޓަރ، ނަހްޝަލް މުހައްމަދު މައުލޫމާތު ދެއްވާފައިވާއިރު  ކަސްޓަމަރ ސަރވިސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ކަސްޓަމަރ ސަރވިސް މެނޭޖަރ، ފާތިމަތު ރަޝާ އެވެ.

Next: މާފުށީގައި ތުރުކީ ރައްޔިތެއް ގެނބިގެން މަރުވެއްޖެ